ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރަކަލަށް ގެއްލުން ދީ ވައްކަން ކުރަން އުޅުނު ބަޔަކު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަށް ސްޓެލްކޯގެ ’މެޑަލް އޮފް ބްރޭވަރީ‘ ދީފި އެވެ.
ހުޅުމާލެ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުން ދީ ވައްކަން ކުރަން އުޅުނީ ރޭގެ ވަގުތެއްގަ އެވެ. އެކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި އެ މީހުން ފުލުހުންނާ ހަވާލުކުރީ ސްޓެލްކޯ މުވައްޒަފުންނެވެ. ވަގުން ހުއްޓުވުމުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފު އަހުމަދު ވިޝާނަށް ރެންޗަކުން ހަމަލާވެސް ދިނެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިޝާންއަށް ވަނީ ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ އާއި އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދީފަ އެވެ. އަދި އޭނާ އާއެކު ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފެއް ކަމަށްވާ ސަރުވާން މުހައްމަދަށްވެސް ކުންފުނީގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ، އެ މުވައްޒަފުންގެ އަގުވަޒަންކުރީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެފަދަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި