ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ހުސްވެފައިވާ ދެ މަގާމަށް ކޮމިޓީގެ ލިސްޓުގެ ފަހަތުގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ފާސްކޮށްފި އެވެ.
ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ. ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޝަންގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަންކުރަން ވަނީ ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އެ ކޮމިޝަނަށް މުހަންމާ އައްޔަންކުރަން ރުހުން ލިބުނީ 58 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ މަރުހަލާގައި އިންޓަވިއުއިން ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަންކުރުމާ މެދު ވޯޓަށް އެހުމުން އޭނާ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 50 މެންބަރަކު ވަނީ ވޯޓުދެއްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ އެވެ.
ނަމަވެސް، ކޮމިޓީން އެކުލަވާލި ރިޕޯޓުގައި މުއާގެ ނަން ކަޓުވާލައި، މުހަންމާގެ ނަން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެއް ވަނަ އަދި ދެ ވަނައިގައި އޮތީ ސަރާހަތު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.

1 Comment
ގުޅުންހުރި
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
މީޑިއާ ބިލު ފާސްކުރަން އުޅެނީ އާދަޔާހިލާފަށް އަވަހަށް، ކަންބޮޑުވޭ: ކުރީގެ ޕީޖީ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު