ރ. އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމުކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، އިންނަމާދޫގައި ހަދަން ވައުދުވި ހައުސިން ޔުނިޓުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ހައުސިން މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް މި މަހުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި ރަށުގައި ކައުންސިލުން ބިން ކަނޑައަޅައިދިންހާ އަވަހަކަށް، ކައުންސިލުން ވިދާޅުވަނީ ޕްލޭންގައި ކަނޑައަޅާފައި އޮތް ވާހަކަ. ބިން ހަމަޖެހިގެން ދިއުމުން ކޮންޓްރެކްޓަރު ހަމަޖެހުމާ އެކީގައި މި ރަށުގައި 50 ޔުނިޓުގެ ހައުސިން މަޝްރޫއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގަން ނިންމާފައިވާ ވާހަކަ ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ބޭރު މީހުން މަސައްކަތްކުރާ ދާއިރާއަކީ ދިވެހިންނަށް ހާއްސަކުރަން ބޭނުންވާ ދާއިރާއެއް ކަމަށް ސިޔާސަތުގައި ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ފަންނަށް ޒުވާނުން ނުކުތުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
”އެހެންވީމާ މި ރަށުގައި މި ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ހެދުމަކީ އަޅުގަނޑު ކުރަން ގަސްދުކުރާ ކަމެއްކަން އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން. އެހެންވީމާ ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލުގެ ތެރެއިން އެކަމަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދީ، އިރާދަކުރެއްވިއްޔާ މި ރަށުގައި މި ފަންނު، މި މަސައްކަތުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ތަމްރީނު ލިބޭނެގޮތް ހަމަޖައްސައިދެވޭނެ ގޮތް ފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
އެމްޑީ ޝަރީފު ދެއްވާ ޔަގީންކަން: ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ޒަމާނީ އާ ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހިން, އެއަށްވުރެ
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި