ޒަހަމްތަކަކާއެކު ސެނަހިޔާ ހޮސްޕިޓަލް ކައިރިން ފެނުނު ފިރިހެން މީހާއަކީ ގޭންގަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮތް މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސެނަހިޔާ ހޮސްޕިޓަލް ކައިރިން އެ މީހާ ފެނުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމުގެ އެއްވެސް ތަފުސީލެއް ފުލުހުން އޭރު ނުދެ އެވެ.
ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ، އެ މީހާއަށް ހަމަލާ ދިނީ އެ ދުވަހުގެ ހެނދުނު 8:17 އެހާކަންހާއިރު ރަންވިލާމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިންދާ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާއިރު، މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އެއީ ށ. ފޭދޫ/ އުދަރެސް، އަލީ ނާޝިދު (34އ) އަދި ހ. ރޯޒެންޑޭލް/ ސަފްވާން ޒުފްރަތެވެ. އެ ދެ މީހުންގެ ތެރެއިން ސަފްވާން ޒުފްރަތު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑެވެ. ނާޝިދު ހައްޔަރުކުރީ މި މަހުގެ 21 ވަނަ ދުވަހުގެ މެނދުރެވެ. އެ ދެ މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
ހިޔާ ޓަވަރެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ، މޫނު
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ