ރާއްޖޭއިން، އިންޑިއާގެ މުމްބާއީ އަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން އަތުލައިގެންފި އެވެ.
އިންޑިއާ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން ބުނީ އިނާމުލް ހަސަން ނަމަކަށް ކިޔާ 24 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ މީގެ ތިން ހަފުތާ ކުރިން ކަމަށެވެ.
މަތިންދާބޯޓު ފާސްކުރި އިރު 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) ގެ ރަން ހުރި 13 ޕައުޗް ފެނުނީ ފުލައިޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާ ފެނުނު ކަމަށް އޭއައިއީޔޫއިން ބުންޏެވެ.
ބޯޓު ފާސްކުރަމުން ދިޔަ ވަގުުތު އިނާމުލް ހަސަން ވަނީ އެއާޕޯޓް ތެރެއިން ހިފަހައްޓައިފައި ކަމަށް އޭއައިއީޔޫން ބުންޏެވެ.
ވަގަށް އެތެރެކުރަން އުޅުނު އެ ރަންތައް އެއާޕޯޓުން ބޭރަށް ގެންދިއުމަށް ހަވާލުވެފައިވަނީ އެއާޕޯޓުގެ ސްޓާފުންގެ ބަޔަކާ ކަމަށް ބެލެވޭ ކަމަށް އޭއައިއީޔޫން ބުންޏެވެ.




1 Comment
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ