ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރައްވައިފި އެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ، ފައިސަލް މަގާމުން ވަކިކުރެއްވުމުން ޓޫރިޒަމް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.









