އެ މަނިކުފާނު ރަށްރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ސަލާމްކުރާ ވަގުތު، އެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަކީ މީގެ ކުރިން ވެސް ވައުދުވެފައިވާ ކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. މުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން، ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުންދާ ކަމަށެވެ. ރައްޔިތުން އެ މަނިކުފާނުގެ އަރިހުން އެދޭ ކަންކަމަކީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ އެއްވެސް ހާލެއްގަ އަޅުގަނޑު ރައްޔިތުން ގާތަށް އައިސް މި ދައްކާ ވާހަކައަކީ ކުއްލި ކުއްލިއަށް ކޮންޓޭނިއަސްކޮށް ދައްކާ ވާހަކައެއް ނޫން. ޕްލޭން ކުރެވި ކަންކަން ކުރެވޭނެ ގޮތް މަޝްވަރާކުރެވި އެކަންކަން ކުރެވޭނެ ގޮތް ކަނޑައަޅައިގެން ކުރިއަށްދާން ވެގެން ހަމަ ތަފުސީލާއެކީގަ އަޅުގަނޑުމެންނާ ކަންކަން ހަމަޖެހިފަ އޮވެގެން ދައްކާ ވާހަކައެއް“ ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ރައްޔިތުންނާ ބައްދަލުވާއިރު، ސަލާމްކުރަން ތިއްބަވާ ބޭފުޅުން އެ ވިދާޅުވެލައްވާ ކަންކަން ތުއްތު ކުދިން ކަމަށް ވިޔަސް އެކި އުމުރުފުރާގެ ބޭފުޅުން ވިޔަސް އެކަންކަމުގެ ތެރެއިގަ މި ހުންނަނީ މި ދެންނެވި ކަންކަން. ވައުދުވެފަ ހުރި ކަންކަން، އަދި ރަށުގެ ހުރި ހިނގަންޖެހޭ މުހިންމު ކަންކަން“
ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިގައި ރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަންކަމާއި ގުޅޭގޮތުން އިތުރަށް ރައްޔިތުންނާ މަޝްވަރާކޮށް، ވީހާވެސް ގާތުން ރައްޔިތުންނާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.
”މިހެން މި ދަންނަވާލި ސަބަބަކީ އަޅުގަނޑު މިގޮތަށް ރަށްރަށް ރައްޔިތުން ގާތަށް ދިޔުމުން ރައްޔިތުން ވިދާޅުވެލައްވާ ކަންކަން ސަރުކާރުން ކޮށްދޭނެ ކަމަށް އަދި ކޮށްދޭނެ ގޮތް އަޅުގަނޑު މިގޮތަށް ދަންނަވަމުން ގެންދާތީ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އެއްވެސް ޕްލޭނެއް ނެތި ނޫނިއްޔާ ބެޖެޓު ނެތި އަޅުގަނޑުމެން ކަންކަން ކުރާނެ ވާހަކަ ދައްކަނީއޭ. ނޫން އެހެނެއް ނޫން، ވަރަށް ސާފުކޮށް ސަރުކާރުގެ ކަންކަން އަޅުގަނޑު އަބަދުވެސް ހާމަކުރަން“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުރައިދޫގެ ތަރައްގީއަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްދެއްވަން ޖެހިފައިވާ ކަމަށާއި އެންމެ މުހިންމީ ރަށުގެ ބަނދަރު ތަރައްގީކުރުން ކަމަށެވެ. އެމަނިކުފާނު ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް ބަނދަރުގެ މަސައްކަތްތައް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އާ މަޝްރޫއެއް ބަނދަރު ރަނގަޅު ކުރުމަށް ފެށި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް އިރަކު މުރައިދޫގެ ބަނދަރުގެ މައްސަލަ ހައްލުވެފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އެހެން އަބަދު ރައްޔިތުން މިކަމުގަ ތަކުލީފު އުފުލަން ޖެހި، ފުރާނައަށް ގެއްލުން ވެގެން ދިއުމަކީ އިންސާފެއް ނޫން. އެހެން ކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބޭރު ތޮށީގެ މައްސަލަ އިރާދަކުރެއްވިއްޔާ، މިރަށުގެ އެމްޓީސީސީ މިއޮތީ މަސައްކަތަށް މޮބިލައިޒް ކުރެވިފައި. އެމްޓީސީސީ މިރަށުން ފައިބާނީ ތިބޭފުޅުން އެދިލައްވާ ގޮތަށް ބަދަރުގެ ބޭރު ތޮށި ހަދާދީފައި.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބަނދަރުގެ މައްސަލަ ހައްލުކުރަން ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި ނަމަވެސް ތަރުތީބަކުން ދާ ކަމަށްވާނަމަ، ބަނދަރުގެ މަސައްކަތަށްފަހު، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ގުޅުންހުރި
ރައީސްގެ ނިންމެވުމެއް: ގައުމީ ގުރުއާން މުބާރާތަށް ހަރަދުކުރާނީ ސީދާ ދައުލަތުގެ ބަޖެޓުން!
މިދިޔަ 14 މަސް ތެރޭ އެތައް ކަމެއް ފަށައި، ނިންމައި، ނަތީޖާ
އަލްއަމީރު މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ގާއިމުކޮށްދޭނަން: ރައީސް
ގާނޫނުގެ ބޭރުން މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ، ނުވެސް
ދިއްދޫގައި ހަދާ އެއާޕޯޓާއި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްގެ މަސައްކަތް މިއަހަރު ފަށާނަން: