ދިވެއްސަކަށް ދިވެހިބަސް ނޭނގޭތީ ކޯޓުގައި ތަރުޖަމާނެއްގެ އެހީ ހޯދައިފި އެވެ.
ތަރުޖަމާނެއްގެ އެހީ ހޯދައިފައިވަނީ ނ. ލަންދޫއަށް އުފަން އަފްލާހް އަސްލަމް ނަމަކަށް ކިޔާ ޒުވާނެކެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ، މިމަހުގެ 13ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ހަތް ދުވަސް ޖެހުމަށްފަހު އެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ ބަންދަށް 15ދުވަސް އިތުރު ކޮށްފަ އެވެ.
ކްރިމިނަމް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން އަފްލާހު އަސްލަމަށް ދިވެހި ބަސް ފަހުމު ނުވާތީ އިއްޔެގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގަ އެވެ.
ކޯޓު އަމުރުގައި ވާގޮތުން މި މައްސަލައިގައި ލައްކައަކަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ނަގާފައިވާއިރު، އޭގެތެރެއިން ގިނަ ފައިސާ މީނާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އޭގެފަހުން އިތުރު މީހުންނަށް އެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަމަށާއި އެމީހުން ފައިސާ ނަގައިދީފައި ވަނީ މީނާ ބުނެގެން ކަމަށް ބަޔާންދީފައި ވާކަމަށް ވެސް ކޯޓު އަމުރުގައި އައިއޯ ފާހަގަކޮށްފައި ވެއެވެ.
އައިއޯ ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތެއްގެ އަތުން މީނާގެ ކޭޝް ކާޑު ވަނީ ފެނިފައެވެ.
ނަމަވެސް ތުހުމަތުތަކަށް އިންކާރުކޮށް އަފްލާހު އަސްލަމް ބުނެފައިވަނީ މިކަމުގައި ހިމެނޭ މީހުންނަކީ އޭނާ ދަންނަ މީހުން ނޫންކަމަށާއި އެކަން ކުރުވީ އޭނާއަށް ބިރުދައްކައިގެން ކަމަށެވެ.

ގުޅުންހުރި
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފަށައިފި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި