ހއ. ތަކަންދޫގެ އާސާރީ ބިނާތައް ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ތަކަންދޫއަށް ވަޑައިގެންފަ އެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށަކީ ތާރީހީ ގޮތުން މުހިންމު ރަށެއް ކަމަށާއި، ހިމާޔަތްކުރަން ޖެހޭ ތާރީހީ ތަރިކަ އެރަށުގައި އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ ހިރިގަލުގެ ގަބުރުސްތާނު ހުރީ ތަކަންދޫގައި ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ބަޖެޓުން ހަރަދުކޮށްގެން އެރަށުގައި ހުރި އަލިތަކުރުފާނުގެ ޒިޔާރަތާއި މިހެން ހުރި ތަންތަން ހިމާޔަތް ކުރުމަކީ އިސްކަން ދޭނެ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އޭގެ އިތުރަށް މިތަނުގަ މިހިރަ ތާރީހީ ތަންތަން، އެތަންތަނަށް ދޭންވާ އިސްކަން ދީގެން ބަޖެޓުން ހަރަދުކޮށް، އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ އައިޑެންޓިޓީއަށް އިޔާދަކޮށް، ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގުމަށް، އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ކުދިންނަށް އަދި ޖުމްލަކޮށް ތާރީހު ދަސްކުރަން ބޭނުންވާ އަދި ދިރާސާ ކުރާ ކިޔަވާ ކުދިންނަށް ވެސް އޭގެ ނަފާ ލިބޭނެހެން ދެމެހެއްޓުން އެއީ އަޅުގަނޑުގެ ސިޔާސަތެއް،“ ރައީސް ވިދާޅުވި އެވެ
”މިރަށުގަ މިހިރި ތަންތަން ރަގަޅު ގޮތުގަ ހިމާޔަތް ކުރެވުނީމަ، އަދި އެތަންތަނާ ބެހޭ ވާހަކަ ކިޔައިދެވޭނެ ގޮތެއް ގާއިމް ކުރެވިގެން ދިޔައިމަ އެކަން ވެގެންދާނެ އެތަންތަން ބަލައި، އޭގެއިން އެ ލިބޭ އިންސްޕިރޭޝަން ހޯދުމަށްޓަކައި އަންނަން ބޭނުންވާ ދުނިޔޭގެ ކަންކޮޅުތަކުގަ ތިބި ފަތުރުވެރިންނަށް ދެވޭ ވަރަށް ބޮޑު ފުުރުސަތަކަށް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް ތަކަންދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެކަން ފެށިއްޖެނަމަ ވެގެންދާނީ ދެކޮޅު ޖެހޭ އިންވެސްޓްމެންޓަކަށްކަން ވެސް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން ޓޫރިޒަމަށް ލިބުނު ގެއްލުމެއް ނެތް: ތޯރިގް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު