މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލައިފި އެވެ.
އެމްއާރްއެމް، އީސީގައި ރަޖިސްޓްރީކޮށްފައިވަނީ 20 ނޮވެމްބަރު 2019 ގަ އެވެ. އެމްއާރްއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ އެކެވެ. މައުމޫން އަކީ އެ ޕާޓީގެ ޒައީމެވެ.
އީސީން މިއަދުކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދު އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެމްއާރްއެމްއަށް 3000 މެންބަރުން ހަމަވެފައިނުވާތީ މިދިޔަ އަހަރުގެ އޮގަަސްޓު މަހު ވެސް އެ ޕާޓީ އުވާލުމަށް އީސީން ނިންމި އެވެ.
ނަމަވެސް އެ ނިންމުން އީސީން ނިންމާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅަން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމަަައިފައިވަނީ އެމްއާރްއެމުން އެދުނު ގޮތަށެވެ.
މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެކަމަކު، އެ ޕާޓީގައި ހިޔާލު ތަފާތުވުން ބޮޑުވެގެން ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމް ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.
ފަހުން އެ ޕާޓީގައި ވެސް ކޯޅުން ބޮޑުވެގެން އެންމެ ފަހުން އެ ޕާޓީން މައުމޫން ވަކިވެވަޑައިގެންނެވި އެވެ. އެންމެ ފަހުން، މައުމޫން އުފެއްދެވީ އެމްއާރުއެމް އެވެ. އެކަމަކު، އެ ޕާޓީ އަށް ސިޔާސީ މައިދާނުގައި މާ ބޮޑެތި ކުރިއެރުންތަކެއް ނުހޯދެ އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ