މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެތައް ކަމެއް ފަށައި، ނިންމައި، ނަތީޖާ ނެރެދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ކޮށްދެއްވާ ކަންކަމަކީ ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި ކުރާ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކަމަށެވެ.
”ހަދުމަފުޅު ހުންނާނެ އަޅުގަނޑު ވަރަށް ގިނައިން ދެއްކި ވާހަކައެއް. އަޅުގަނޑު މި ކުރިމަތިލަނީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދޭށޭ. ރައްޔިތުންނަށް މުހިންމުވެފައި ހުރި ގިނަ ކަންތައްތަކެއްގެ ނަތީޖާ ނެރެދީ ފުރިހަމަ ކޮށްދިނުމަށޭ. އަޅުގަނޑަށް ރައްޔިތުން އިތުބާރުކޮށްގެން ގާއިމުކުރާ ސަރުކާރެއް ވާނީ ނަތީޖާ ނެރެދޭ ސަރުކާރަކަށޭ. މިއަދާ ހަމައަށް އައި އިރުގައިވެސް ރާއްޖޭގައި ކޮށްފައިވާ ގިނަ ކަންތައްތަކެއް ކޮށްފައިވާނީ، ފަށާފައިވަނީ އަދި ނިންމާފައިވާނީވެސް މިގޮތަށް. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނީ އެހެން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރަހައްދީ ތަރައްގީ ގެނައުމަށް ވައުދުވެވަޑައިގަތީ ދުރު ރާސްތާއަށް ވިސްނައިގެން ކަމަށެވެ. އޭގެ ބޭނުމަކީ އުތުރާއި ދެކުނުގެ ތަރައްގީގެ ޒޯނާއި ހަތް އާބަން ސެންޓަރު މާލެ ސަރަހައްދެކޭ އެއްގޮތަށް ހުރިހާ ހިދުމަތެއް ލިބޭ ތަންތަން ގޮތުގައި ގާއިމުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
”ހުރިހާ އެންމެން މާލެއަށް ޖަމާކޮށް، ހުރިހާ އެންމެން މާލެ ސަރަހައްދުގައި އުޅުމަކީ އެކަން އޮންނަންޖެހޭނެ ގޮތެއް ނޫން،“ ރައީސް ވިދާޅުވި އެވެ.




60 Comments
ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު
މޮރިޝަސްގެ ނިންމުން ތާކުންތާކު ނުޖެހޭ، ގުޅުން ކަނޑާލިޔަސް ހައްގުނޫން ތަނެއް ނުލިބޭނެ: