މި އަހަރުން ފެށިގެން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރައްވައިފި އެވެ.
ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ގުރުއާން މުބާރާތެވެ. ނަމަވެސް މިއަދާ ހަމައަށް އެ މުބާރާތް ބާއްވަމުން އަންނަނީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާ އިން ބޮޑު ހަރަދެއް ކޮށްގެންނެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ، ގައުމީ ގުރުއާން މުބާރާތަށް ރައީސް ޑރ. މުއިއްޒު ދެއްވާ ގައުމީ އަހަމިއްޔަތަށްޓަކައި މި އަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ގައުމީ މުބާރާތް ހިންގުމަށް ނިންމަވައި، މި އަހަރުގެ ބަޖެޓުގައި އެ މަނިކުފާނު އެކަން ހިމަނުއްވާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މުބާރާތަކީ ހައިބަތު ބޮޑު އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މި އަހަރުން ފެށިގެން ގައުމީ ގުރުއާން މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އެންމެ އިނާމުތައް ގިނަ މުބާރާތަށް ހައްދަވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

3 Comments
ގުޅުންހުރި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް