މާފަންނު މަދަރުސާ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ރޭ ދަންވަރު ވަދެ، ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯ އިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަށްވަދެ ވައްކަންކުރަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރާ ތަންތަނެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ރޫބީ، ހުސެއިން ނިޔާޒު 36އ. އެވެ. އޭނާ ހައްޔަރު ކުރީ ރޭ 2:50 އެހާއިރު އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ 15ގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަނިކޮށް، އެތަނަށް ގޮސް އެކަން ހުއްޓުވި ސްޓެލްކޯގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ “މެޑަލް އޮފް ބްރޭވަރީ“ ދީފައެވެ.

2 Comments
ގުޅުންހުރި
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
ދަނގެތީގެ އާ އިންޖީނުގެ ހަދަން 14.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި
ސްޓެލްކޯގެ ސްކޮލާޝިޕްތަކުގެ މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ