ރާއްޖޭގައި ލައިފްސްޓައިލް ބަލިތައް ގިނަވަނީ ކުޅިވަރު ނުކުޅުމުގެ ސަބަބުންނާއި ކަސްރަތު ނުކުރެވުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހއ. މޮޅަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ކުޅިވަރު ކުޅޭނެ ތަންތަން ގާއިމުކޮށް ދިނުމާއި ކަސްރަތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ކުޅިވަރު ނުކުޅެވުމުގެ ސަބަބުންނާއި ކަސްރަތު ރަނގަޅަށް ނުކުރެވުމުގެ ސަބަބުން ބަލިތައް އާންމުވަމުންދާ ކަމަށެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ގިނައިން މި ފެތުރެނީ ލައިފްސްޓައިލް ޑިޒީސަސް، އަޅުގަނޑުމެންނަށް އެވޮއިޑް ކުރެވިދާނެ ބަލިތައް. ކުޅިވަރުކުޅުމާއި ކަސްރަތުކުރުމާއި މި ކަހަލަ ކަންކަން ނުކުރެވޭތީ ވާ ކަންކަން، ފެތުރޭ ބަލިތައް“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މޮޅަދޫއަކީ އާބާދީ ކުޑަ ރަށެއް ނަމަވެސް އާބާދީ ބޮޑެތި ރައްޔިތުންނަށާއި އެއްފަދައި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
އެ ރަށުގެ ރައްޔިތުންނަށް މުހިންމު އަދި އުންމީދު ކުރަމުންދާ ކަންކަމުގައި އެހެން ރަށްތަކެކޭ އެއްގޮތަށް ވަރަށް އިސްކަން ދީގެ ހަމަހަމަ ގޮތެއްގައި އިންސާފުވެރި ގޮތެއްގައި ބާރު ސްޕީޑެއްގައި ކަންކަން ކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ