މާލޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކާ މާރާމާރީ ހިންގާފައިވަނީ ސައިކަލެއްގައި އައި ދެ މީހެއް ކަމަށެވެ.
މިރޭ 8:41 އެހާކަންހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިއަދު މާލޭގެ ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދު ވަނީ މާރާމާރީއެއް ހިންގައިފަ އެވެ.









