ޑްރަގް ކެފޭއެއް ހިންގާ މީހަކާއި އެ ތަނުން ހިދުމަތް ހޯދަން ދިޔަ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ އެންމެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ އެ ކެފޭ ހިންގަން އިސްކޮށް އުޅުނު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކައި އެ ކެފޭއިން ހިދުމަތް ހޯދި އުމުރުން 39، 60 އަދި 36 އަހަރުގެ ދިވެހި ތިން ފިރިހެނަކަށެވެ.
ބަންދު މަޖިލީހުގައި އައިއޯ ވަނީ ޑްރަގް ކެފޭ ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަކީ ކެފޭ އުސޫލުން މީހުންނަށް ޑުރަގް ބޭނުންކުރެވޭ ގޮތަށް ކެފޭ ހިންގާ މީހެއްކަމާއި އޭނާއަކީ ބަންދުގެ ރެކޯޑު ގިނަ މީހެއް ކަމަށްވެސް ބުނެފަ އެވެ.
އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އޮތް ނަމަވެސް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާއަކީ ޑުރަގަށް ދެވިހިފުމުގެ ސަބަބުން ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފެނިއްޖެ ހާލަތުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި އޭނާ ބަންދުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބޭނެ ކަމަށް އަމުރުގައި ބުންޏެވެ.
ބަންދު މަޖިލީހުގައި ފުލުހުން ވަނީ ޑްރަގް ކެފޭއިން ޑުރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ތަނުން 10 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ހަ މީހުން ބަންދުން ދޫކޮށްލާފައިވާއިރު، ކެފޭ އިސްކޮށް ހިންގާ މީހާއާއި ހިދުމަތް ހޯދި ތިން މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ.
– ކެފޭ އިސްކޮށް ހިންގި މީހާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކުރި
– ކެފޭއިން ހިދުމަތް ހޯދި ތިން މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި




2 Comments
ގުޅުންހުރި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް