އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓް ހިނގައިފައިވަނީ މިރޭ 19:35 އެހާކަންހާއިރު ހައުސިން މިނިސްޓްރީ ކައިރިން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ނިތްކުރިމަތި ދުޅަވެ، އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދު ވެސް ދުއްވާފައިވަނީ ލައިސަންސް އޮތް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



