ކުރިއަށް އޮތް ރޯދަމަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. ހަ ރޯދައިގެ ދުވަސްވަރު އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.
މުދާ ވިއްކާ ތަންތަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެންވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެ ވަގުތަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށެވެ. އެހެންވެ، އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އަންގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ.

ގުޅުންހުރި
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން: 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި
އީދު ދުވަހު މޯލްޑިވް ގޭސް ބަންދުވާނެ، ނަމަވެސް ހުސްފުޅި ގެނައުމުން ގޭސް
މޯލްޑިވްސް އެކްސްޕޯގައި 275 ވަނައެއް ހޮވައި އިނާމު ދީފި، ރަން ވަނަ
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ