ރޯދަމަހު އުމްރާއަށްދާ މީހުންގެ ބޭންކު ކާޑަށް 1،500 ޑޮލަރު އިތުރު ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހު އުމްރާއަށް ދާ މީހުންނަށް ފަރާތްތަކުގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ ބަދަލު ގެންނަން ނިންމީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
”1446 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވައިފިން“ ރައީސް ވިދާޅުވި އެވެ.
ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑް ލިމިޓަކީ މިހާރު 250 ޑޮލަރެވެ. ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ 250 ޑޮލަރު ހިމެނޭ ގޮތަށް އިތުރު 1،500 ޑޮލަރާއެކު ޖުމްލަ 1،750 ޑޮލަރު މިފަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ ދިވެހިންނަށް ހަމަޖައްސައި ދިނުމަށެވެ.
މީގެއިތުރުން، ބީއެމްއެލް އިން ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ދޫކުރެ އެވެ.

2 Comments
ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި