ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އެކްސްގައި ވަގު އެކައުންޓެއް ހަދައިގެން ކްރިޕްޓޯ ސްކޭމެއް ހިންގަން ފަށައިފި އެވެ.
ރައީސް މުއިއްޒުގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ އެ ފޭކް އެކައުންޓުގައި ވަނީ ރާއްޖެ އިން ވެސް ކްރިޕްޓޯ ކަރަންސީއެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެ އެކައުންޓުން ބުނީ އެއީ ”ޑިޖިޓަލް ކަލްޗާ“ ގެ ދާއިރާގައި ރާއްޖެ އިން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތައް ދައުރުވަމުން ދާއިރު، އެކްސް އިން ދައުލަތުގެ ވެރިންނަށްދޭ ”ގްރޭ ވެރިފިކޭޝަން“ ބެޖު މި ސްކްރީންޝޮޓުތަކުން ފެންނަން ހުރެ އެވެ.
އެ މައްސަލާގައި ކްރިޕްޓޯ ކަރަންސީއާ ގުޅޭ އެކައުންޓަކުން ވަނީ ރާއްޖޭގެ ރައީސްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުތަކަކީ ސްކޭމެއް ކަމަށާއި ރާއްޖެ އިން ކްރިޕްޓޯ ކަރަންސީއެއް ލޯންޗު ނުކުރާ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެކަމަށް ސަމާލުވާން އަންގައި ކުރި އެ ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ އަސްލު އެކައުންޓު ވެސް ޓެގްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ގުޅުންހުރި
މިހާރު އޮތް މަޖިލީހަކީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާނެ
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް
އުވާލުމަށްފަހު އުވާނުލާ ކަމަށް ބުނި އެގްރޯ ނެޓް ބަލަހައްޓަން އެގްރިކަލްޗާ މިނިސްޓްރީއަށް
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ސަރުކާރުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ބާރުވެރި ކުރުވުމަކީ އެންމެ އިސް އެއް
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން