ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެއް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ ދަރިވަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، މިިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނަ ”ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު“ ފުރުމަށްފަހު އަންނަ މާޗު މަހުގެ ހަވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ މިހާރު ދަރިވަރު ކިޔަވަމުން އަންނަ ސްކޫލަށެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ ރޯދަމަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު އީދުގެ ބަންދު ދުވަސްތަކަކަށްފަހު އޭޕްރިލް ހަވަނަ ދުވަހު އެވެ.
މިނިސްޓްރީން ބުނީ، ރޯދަމަހުގެ 15ގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅުން ހުރި ހުރިހާ މަސައްކަތެއް ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދުވަސްވަރަކީ ދަރިވަރުންގެ ޓެސްޓުތަކައި ދަރިވަރުންގެ ރިޕޯޓް ފޯމް ތައްޔާރުކުރަމުންދާ ދުވަސްވަރަށްވުމުން މި އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަރިވަރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ނުގެންދާނެ ކަމަށްވެސް ބުންޏެވެ.



ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް