ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށެވެ. އެ 3،000 ރުފިޔާގެ އިތުރުން އެހެން އިތުރު ހަދިޔާއެއް ނުދިނުމަށް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގައިފަ އެވެ.
ސާކިއުލާގައިވާ ގޮތުން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުން އެކަންޏެވެ.
ދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް އިނާޔަތް ދޭން ނުޖެހޭނެ ކަމަށް ޕީސީބީން ބުންޏެވެ.
ނަމަވެސް ރޯދަ މަސް ތެރޭގައި ވަޒީފާއާ އަލުން ގުޅިއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް ޕީސީބީން ބުންޏެވެ.




1 Comment
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން