މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ތިން މަގެއްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މުލަކު މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު އެވެ.
ދައުލަތުގެ ބަޖެޓުން 106 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ ރަށުގެ 15 މަގެއްގައި ޖުމުލަ 5.9 ކިލޯމީޓަރުގެ ސަރަހައްދު ހަދާނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް ވަކި ހިސާބަކުން ހުއްޓުނެވެ. މިދިޔަ ވެރިކަން ނިމުނުއިރުވެސް އެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ. އެހެންވެގެން މި ސަރުކާރުން އައިސް މުލަކު ހިމެނޭހެން ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފެށި އެވެ.
އާރުޑީސީން މިއަދު ބުނީ، މުލަކު ނޫރާނީ ހިނގުމުގައި ކާބް ސްޓޯން ޖެހުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އިރުދޭ މަގާއި ބަހާރީ މަގުގައި މަގު ބައްތީގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ހަނިމާދޫ އާއި މާމިގިލީ ހޮސްޕިޓަލް އަދި ގާފަރު ސިއްހީ މަރުކަޒު ހަދަން
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި
ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމުގެ ތަރައްގީކުރުން އާރްޑީސީއަށް
ދ. އަތޮޅު ހޮސްޕިޓަލުގައި 50 އެނދުގެ އާ އިމާރާތެއް ހަދަން އާރުޑީސީއަށް
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު