ބައެއް ޓެކްސީ ޑްރައިވަރުން މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކެއް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރަކަށް ދައުވާ ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް، މި މަހުގެ ފަސް ވަނަ ދުވަހު ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ ތިން މީހަކަށެވެ. އެއީ:
- މއ. ވިރާހު/ މުހައްމަދު ޝާމިން
- މއ. ނަހީދީމަންޒިލް/ މިސްބާހު ޝަރީފް
- ހދ. ކުމުންދޫ/ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެ ތިން މީހުންނަށްވެސް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
އެ ތިން މީހުންނަށް އެ ދައުވާކުރަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އިތުރު ބަޔަކާއެކު 11 ޑިސެމްބަރު 2024ގެ ރޭ 8:50 އެހާކަންހާއިރު ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން އުޅަނދުތަކަށް ނުދެވޭނެހެން ކާރުތަކެއް ބޭނުންކޮށްގެން އެ މަގު ބަންދުކުރުމުގައި ބައިވެރިވެ، މި މީހުން ޓެކްސީ ކުރުމަށް ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި، އެ މަގުގެ އެއް ލޭނު ބަންދުކޮށްފައިވާ އެވެ.
އަދި ފުލުހުން އެ ސަރަހައްދަށް ހާޒިރުވެ، މަގު ބަންދުކޮށްގެން ތިބި ފަރާތްތަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވެ އެންގުމުން އެކަމަށް އިންކާރުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި އާންމުންނަށް މަގުތައް ނުރައްކާތެރިކަމެއް ނެތި ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި މަގުތައް ބޭނުންކުރުމުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން އަމަލުކުރޭތޯ ކަށަވަރުކުރުމަށް ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި، ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ބުންޏެވެ.

1 Comment
ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް