އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ

ރާއްޖެއިން ގައުމަކަށް ނަން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް މިއަދު ނަން ފޮނުއްވި ހަތަރު ބޭފުޅުންނަކީ މިހާރު ވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ. މި ހަތަރު ބޭފުޅުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ރައީސް ފޮނުއްވި ނަންތަކަކީ:

ރާއްޖޭން ބުރުނާއީއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހްމަދު

ރާއްޖޭން ނެދަލޭންޑްސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ބެލްޖިއަށްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ

ރާއްޖޭން ފްރާންސަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ޔޫކޭއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިރުތިޝާމް އާދަމް

ރާއްޖޭން އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ލުއޭޒް

އިތުރު ފަސް ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ބޫޓާން

ކުވޭތު

ސުވިޒަލޭންޑް

ކެނެޑާ

މިސްރު