ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމުގައި މެމްބަރުންނަށް ދަތިތައް ކުރިމަތިވާތީ އެކަމު ގެކަންބޮޑުވުން މެންބަރުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ނިޒާމު މެދުވެރިކޮށް، އާޝިއާން ގައުމުތަކުން ދައުލަތުގެ ހަރަދުގައި ބޭސް ފަރުވާކުރެވެ އެވެ. މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެމުން އަންނަނީ އެލައިޑު އިންޝުއަރެންސް މެދުވެރިކޮށެވެ.
މެންބަރުންނަށް އިންޝުއަރެންސް ދިނުމަށް 2016 ވަނަ އަހަރު އެކުލަވައިލި އުސޫލު އާ ކުރުމުގެ ކުރިން މަޖިލީހުގެ އާންމު ކޮމިޓީގެ ހިޔާލު ހޯދަން ފޮނުވުމުން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މަޝްވަރާގެ ބައްދަލުވުމުގައި އި، އިންޝުއަރެންސްގެ ސަބަބުން ބޭސް ފަރުވާގެ ކަންކަމަށް ދަތިތަކެއް ކުރިމަތިވާތީ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެގޮތުން ހާއްސަ ޑޮކްޓަރަކަށް ދައްކަން ލިޔުން ހިފައިގެން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކަށް ދިއުމުން، އިތުރު ކަމަކާ ގުޅޭ ޑޮކްޓަރަކަށް ދައްކާ ނަމަ އެ ލިޔުން ބޭނުން ނުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ބަދަލުގައި އިތުރު ޑޮކްޓަރަކަށް ދައްކާ ނަމަ ޖެހެނީ އަލުން ލިޔުން ހޯދަން ނުވަތަ ފަހުން ފައިސާ ރީއިމްބާސް ކުރާ ގޮތަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހޭކަން އެހެން މެންބަރަކު ވަނީ ފާހަގަކުރައްވައިފަ އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ވިދާޅުވީ، އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށާއި މެމްބަރުންގެ އަތުން ބޮޑު އަދަދެއް ނަގައިގެން ކުރާ ކަމެއްގައި މެމްބަރުންނަށް ތަކުލީފު އުފުލަން ޖެހުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.
ރިޔާޒު ވިދާޅުވީ އިންޑިއާ އަށް ބޭސް ފަރުވާއަކަށް ދާދި ފަހުން ކުރެއްވި ދަތުރެއްގައި ވަޑައިގަތީ އެލައިޑުގެ ސިޓީއެއް ހިފައިގެން ކަމަށާއި ނަމަވެސް އިތުރު ޑޮކްޓަރަކަށް ދައްކަން ޖެހިވަޑައިގަތީ އަމިއްލަ އަތުން ހަރަދު ކޮށްގެން ކަމަށެވެ.
އެގޮތަށް އަމިއްލަ އަތުން ހަރަދުކުރާ ފައިސާ އަނބުރާ ހޯދުމުގެ މަރުހަލާ ވެސް ވަރަށް އުނދަގޫ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
”[ރީއިމްބާސް އަށް] ހުށަހެޅީމާ ރިޖެކްޓް ކޮށްލީ، އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްއެސްއެޕް ކޮށްލިން، އަޅުގަނޑަކީ މެމްބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އައީ،“ ރިޔާޒު ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރުންގެ ހެލްތު އިންޝުއަރެންސާ މެދު އަމަލު ކުރާނެ ގޮތެއް ކޮމިޓީން އަދި ނުނިންމަ އެވެ.


ގުޅުންހުރި
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް:
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
ގޮނޑި ގެއްލޭ އިސްލާހުން މިހާރުގެ މެމްބަރުން އިސްތިސްނާވާނެ ކަމަށް ކަނޑައަޅައިދޭން އެދިއްޖެ
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ