ސްރީ ލަންކާގެ ކޯޓެއްގެ ތެރޭގައި އެ ގައުމުގެ ނުރައްކާތެރި ގޭންގު ލީޑަރު އަދި ޑްރަގް ބޮޑެއްގެ ގަޔަށް ބަޑި ޖަހައި އޭނާ މަރާލައިފި އެވެ.
ނަވާރަ މީހުން މަރާލާފައިވާ ކަމަށް ތުހުމަތުވާ ސަންޖީވާ ކުމަރަ ސަމަރަރަތްނަ ނުވަތަ ލަންކާގައި މަޝްހޫރު ނަމުން ނަމަ ގަނެމުއްލާ ސަންޖީވާގެ ގަޔަށް ބަޑި ޖަހައި މަރަލީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެ ކޯޓަށް ހާޒިރުކޮށްފައި ހުއްޓަ އެވެ.
ލަންކާގެ ނޫސްތަކުން ބުނާ ގޮތުން ސަންޖީވާގެ ގަޔަށް ބަޑި ޖެހި މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ލޯޔަރަކަށް ވެގެންނެވެ.
އެ ހާދިސާގައި ބަޑި ޖެހުމަށްފަހު އެކަން ކުރި މީހާ ފިލައިގެން އުޅެނިކޮށް ލަންކާގެ ސްޕެޝަލް ޓާކްސް ފޯސް އިން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެއީ މުހައްމަދު އަޒްމަން ޝަރީފުއްދީން ނަމަކަށް ކިޔާ 34 އަހަރުގެ މީހެކެވެ.
ލަންކާގެ ފުލުހުން ބުނާ ގޮތުން ބަޑި ޖެހި މީހާއަށް އަންހެނަކު އެހީތެރިވެ ދީފައިވެ އެވެ. ނެގަމްބޯއަށް ނިސްބަތްވާ ޑުރަގް ބޮޑެއް ކަމަށް ތުހުމަތުވަ އެ އަންހެން މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ލޯޔަރަކަށް ވެގެން ކަމަށާއި ބަޑި ޖެހި މީހާއަށް ބަޑި ފޯރުކޮށްދިނީ އެ އަންހެން މީހާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ އަންހެން މީހާ އަދި ހައްޔަރުކޮށްފައި ނުވާއިރު, ނޫސްތަކުން ބުނާ ގޮތުން އެ އަންހެން މީހާ ކޯޓު ތެރެއަށް ބަޑި ވައްދާފައިވަނީ ފޮތެއްގެ އެތެރެ ބަޑީގެ ސައިޒަށް ކަފައިގެން އެ ފޮތް ތެރޭގައި ފޮރުވައިގެންނެވެ.

3 Comments
ގުޅުންހުރި
މިދިޔަ މަހުގެ ބިލު ބޮޑުކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ:
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހާ މަރުވެފައި އޮތްވާ ފެނިއްޖެ
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނީ
ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
ބޮޑެތި ސްކޭމް ނެޓްވޯކުތަކެއް ދިވެހި ފުލުހުންގެ އެހީ އާއެކު ފަޅާއަރުވާލައިފި
ވެހިކަލްތަކުން ވައްކަމުން ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި