ފެބްރުއަރީ 22, 2025

މީހުންގެ ތަރުހީބު ބޮޑުވުމުން، މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ބެހުމަށް އިތުރު ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ރޭ މަސްދަޅު ބަހަން ފެށިއިރު އެ ހޯދަން ގިނަ ބަޔަކު ވަނީ އެއް ގަނޑިއިރާއި ތިރީސް މިނިޓު ކުރިން ކިޔު ހަދައިފައެވެ. ސަރުކާރު މަސް ކުންފުނި ކަމަށް މިފްކޯ އިން މަސްދަޅު ކޭސް ބަހަން ފަށައިފައިވަނީ ރޭ 8:30 ގަ އެވެ.

މާލޭގައި މަސްދަޅު ކޭސް ބަހަން ނިންމާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގަ އެވެ. ވިލިމާލޭގައި ވެމްކޯ ސައިޓް މަސްދަޅު ކޭސް ބަހާއިރު ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބަހާނެ އެވެ.

އާދަމް ޝަރީފު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ ކިޔުގައި ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާއްމުންގެ ތަރުހީބު ދިން މިންވަރަށް ބެލުމަށް ފަހު އެ ހަދިޔާ ބަހާނެ އިތުރު ތަނެއް މާދަމާގެ ކުރިން ހަމަޖައްސައި އިއުލާންކުރާނެ ކަމަށެވެ.

އަދި ވަނީ ރޯދަ ހަދިޔާ ބެހުމުގައި އުޅޭ އެންމެންނަށް އަދި އާއްމުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

20 ފެބްރުއަރީ 2025 – ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
21 ފެބްރުއަރީ 2025 – ބަންދު
22 ފެބްރުއަރީ 2025 – ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 – މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް

3 Comments

  • Ahmed Imlaak ފެބްރުއަރީ 21, 2025

    Rahyithun bandah jahssaafa, magoofai behiyas mihaaru Q dhamaalaane

  • އަޙުމަދު ޢާދިލް ފެބްރުއަރީ 21, 2025

    Rahyethun bika kuri varakah sarukaaarah baroasaavaaaleh boduvaane

  • Mash De Shai ފެބްރުއަރީ 21, 2025

    މީހުންގެ ތަރުހީބަށް ބަލާފަ ގިނައިން ބަހާކަށް ނުވިސްނަންތަ

Leave a Reply