ލ. ގަމުގެ އިހްތިސާސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ނެރުއްވި، ގަރާރަކުން ކަމަށެވެ.
ގަމުގެ އިހުތިސާސް ތެރެއަށް ބޮޑުފިނޮޅު ބަދަލުކޮށް ރައީސްގެ ގަރާރު ގެޒެޓު ކުރީ އިއްޔެ އެވެ.
ބިން ބޮޑު ގަމުގެ އިހުތިސާސްގައި ހިމެނި ބޮޑު ފިނޮޅަކީ އެ ރަށާ އެއް ފަޅެއްގައި އެ ރަށު ތުނޑި އަވަށު ކޮޅުގައި އޮތް ރަށެކެވެ. އެކަމަކު ފަހުން އެ ރަށް ވަނީ ގުދުރަތީ ގޮތުން ގަމާ ގުޅި، އެއްފަސްގަނޑަކަށް ވެފަ އެވެ.
ބޮޑުފިނޮޅަކީ ރީތި މޫދާއި ގޮނޑުދޮށް އޮންނަ ހިތްގައިމު ރަށެކެވެ.

ގުޅުންހުރި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު