ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު އެ މައްސަލަައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަތޮޅު ކައުންސިލު އިމާރާތަށް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ ބުދަ ދުވަހެވެ. މިގޮތުން، އެ ވީޑިއޯއިން ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތި ތެރެއަށް ފެން އަޅާ މަންޒަރު ފެނެއެވެ.

ގުޅުންހުރި
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ފުލުހުންގެ އިންޒާރު: މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނަން، ލިބޭނީ ދެ
ސަލާމަތީ ދެ ބާރުގެ ވެރިން ބައްދަލު ކުރައްވައިފި، ރައްކާތެރިކަން ކަށަވަރުމަށް މަޝްވަރާ
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ހަފުތާއެއް ތެރޭ ސްކޭމްތަކުން 673،000 ރ. ފޭރިއްޖެ، ފުލުހުންނަށް ހޯދުނީ އޭގެ