ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އެޕްރީލް މަހުގެ ހަތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމުގެ ޗުއްޓީ ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
މީގެކުރިން ދިރާސީ އަހަރު ފަށަމުން އައިސްފައިވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ޖޫން/ޖުލައިގައި ލިބޭތީ، އެ ދުވަސްވަރު ދިމާ ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
އެހެންވެ ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.




ގުޅުންހުރި
ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިފި
އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން ކަމަށް ނިންމައިފި
ދިރާސީ އާ އަހަރު ފަށާނީ ހޯމަ ދުވަހު
އަންނަ އަހަރުން ފެށިގެން ރޯދަ މަހަށް ސްކޫލްތައް ވެސް ބަންދުކުރަނީ