ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންއަކީ ރާއްޖެ މީގެ ކުރިން ދެކެފައިނުވާ ވަރުގެ ގާބިލް ހޯމް މިނިސްޓަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ މީގެ ކުރިން އިހުސާންއަކީ ކާކުކަން ވެސް އޭނާ ނުދަންނަ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މަސައްކަތުގެ ތެރެއިން އިހުސާނާ ބ ބައްދަލުވެ މިހާރު ވަރަށް ބޮޑަށް ދަސްވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
”ކޮމިޓީތަކުގެ މަސައްކަތްތަކުގެ ތެރެއިން އަލީ އިހުސާނާ ދިމާވި ފަހުން އަޅުގަނޑަށް ދަންނަވަން ކެރިދާނެ އަލީ އިހުސާނަކީ ތެދުވެރި، އިހުލާސްތެރި ގައުމު ދެކެ ލޯބިވާ ދަރިއެއް ކަން. މި ގައުމު އިސްލާހު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެއްވެސް ފަސްޖެހުމެއް ނެތި އެ ބޭފުޅާ ދަނީ ކުރައްވަމުން،“ ނާޒިމް ވިދާޅުވި އެވެ.
”ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމާއި ނައްތާލުމާއި ފަސާދައިގެ އަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ މޫލާފައިވާ ވަރުން އަޅުގަނޑުމެންނަށް އެކަންތައްތައް ނައްތާލުމަށް ލިބިފައިވާ ފަހު ފުރުސަތަކީ މަޖިލީހުގެ ދައުރު. މަޖިލީހުގެ ޒިންމާތައް އަދާކުރުމުގައި ހޯމްލޭންޑް މިނިސްޓަރުގެ ފަރާތުން އެ އިތުބާރާއި އިހުލާސްތެރިކަން ފެންނަމުން އެބަދޭ،“ ނާޒިމް ވިދާޅުވި އެވެ.
އޭގެ އެއް މިސާލަކީ މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން ގެންދާ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޕޮލްކޯގެ މައްސަލަ ބަލަން އޮޑިޓާ ޖެނެރަލަށް އެންގީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ކަމަށް އެ ބޭފުޅާ ވިދާޅުވި ނަމަވެސް، އެކަން ބަލަން އޮޑިޓާ ޖެނެރަލަށް އެންގެވީ އިހުސާން ކަން ކޮމިޓީގެ މަސައްކަތުން މިހާރު ހާމަވެ އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
”އާ ގާނޫނު އަސާސީ އައި ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރި ހޯމް މިނިސްޓަރުންގެ ތެރެއިން އަލީ އިހުސާނަށް ވުރެ ވަކި އިތުބާރު ހުރި އަދި ގާބިލް ބޭފުޅަކު އަޅުގަނޑުމެންނަށް ފެނިފައިނުވޭ.“
އެހެންކަމުން އިހުސާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެމްޑީޕީން ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް