ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ކުދިންނަށް ރިޕޯޓް ފޮތް ދީ، އަހަރީ ޗުއްޓީ ވަނީ ފަށައިފަ އެވެ. ދެން އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ އެޕްރީލް ހަތެއްގަ އެވެ.
އެހެންވެ، ކުރިއަށް އޮތް ރޯދަމަސް އެއްކޮށް ސްކޫލް ކުދިންނަށް ކިޔެވުން ބަންދުވާނެ އެވެ.
މުޅި ރާއްޖޭގައި މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 96،000 ކުދިން ވަނީ ތައުލީމު ހާސިލުކޮށްފަ އެވެ. އެއީ 40،300 އަންހެން ކުދިންނާއި 42،700 ފިރިހެން ކުދިންނެވެ.
ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު 12،662 ޓީޗަރުން މަސައްކަތް ކުރި އެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.

ގުޅުންހުރި
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް