ދެކޮޅު ނުޖެހޭ ކަމަށް ބުނެ 4،000 ފްލެޓުގެ ކުލި ބޮޮޑުކޮށްފި، ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ނަގާނެ!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ފްލެޓްތައް ބައްލަވާލައްވަނީ.--
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ފްލެޓްތައް ބައްލަވާލައްވަނީ.--

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޭ ފްލެޓްތަކުގެ ކުލި ބޮޑުކޮށް ސެކިއުރިޓީ ޑިޕޮސިޓެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 7000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 8000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ އާއެކު ޖުމްލަ 6000 ރުފިޔާ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވީ، ފްލެޓްތަކަށް ކުރީ ސަރުކާރުން ނަގަން ނިންމި ކުއްޔަކީ ދެކޮޅުޖެހޭ ކުއްޔެއް ނޫން ކަމަށާއި އެހެންކަމުން މި ސަރުކާރުން ކުއްޔަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ދެ ކޮޓަރީގެ ފްލެޓް

  • މަހު ކުލި: 7،000 ރުފިޔާ
  • މެއިންޓަނެންސް ފީ: މަހަކު 1،500 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓް: 15،000 ރުފިޔާ

ތިން ކޮޓަރީގެ ފްލެޓް

  • މަހު ކުލި: 9،000 ރުފިޔާ
  • މެއިންޓަނެންސް ފީ: މަހަކު 1،500 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓް: 20،000 ރުފިޔާ
އިތުރު ތަފުސީލު އަންނަނީ ….