ބުރުނާއީ، މެލޭޝިއާ އަދި ފިލިޕީންސަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ ދެވަނަ ދުވަސް ކަމަށް އެ ގައުމުތަކުން ކަނޑައަޅައި އިއުލާންކޮށްފި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅަނީ އިސްލާމީ ކަލަންޑަރުގެ މައްޗަށް ބިނާކޮށް، ހަނދު ފެނުމާއެކުގަ އެވެ.
ފިލިޕީންސްގެ ނެޝަނަލް ކޮމިޝަން އޮން މުސްލިމް ފިލިޕީނޯސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ހަނދު ފެނިފައިނުވާތީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ ދެވަނަ ދުވަސް ކަމަށެވެ.
ރޯދަ މަހުގެ ހަނދާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ގައުމުން ދަނީ ހަނދު ސާބިތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި