ރޯދަ ފެށުމާއެކު ބާޒާރުގައި ލޮނުމެދުގެ އަގު ބޮޑުވެ، އެކަމުގެ ޝަކުވާ ބޮޑުވުމުން އެސްޓީއޯ އިން ތާޒާ ލޮނުމެދު ގެނެސް ވިއްކަން ފަށައިފި އެވެ.
ބާޒާރުގައި އިއްޔެ އާއި މިއަދު ލޮނުމެދު ކިލޯއެއް ވިއްކަމުން އައިސްފައިވަނީ 150ރ. އާއި90ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން މި ވަގުތު ލޮނުމެދު ވިއްކަމުންދަނީ ކިލޯއެއް 45ރ. އަށެވެ.
ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އެ މަހުގައި ފިޔާ، ބިސް އަދި އަލުވި އެކަށޭނެ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން އެ ތަކެތި އިމްޕޯޓް ކުރެ އެވެ.
އެސްޓީއޯ އިން ބުނާ ގޮތުގައި އެ ތަކެތީޣެ އަގު ކަނޑައަޅަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯ އިން ވިއްކާ އަގަށްވެސް ބަދަލު ގެންނާނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި