ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ މިއަދަކީ (މާޗު 2) ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
އިއްޔެ އިރުއޮއްސުނު އިރުން ފެށިގެން މާލެއަށް ހުއްޓުމެއް ނެތި ވާރޭ ވެހެމުންދާއިރު މާލޭގެ ބޮޑެތި މަގުތަކެއް ހިމެނޭ ގޮތަށް ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީލާ ވަލީދު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މާޗް މަހުގެ ދެވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މާލޭގައި ފެންބޮޑުވުމާ ގުޅިގެން ސިފައިންނާއި ފުލުހުން އަންނަނީ ފެން ހިންދުމުގެ މަސައްކަތްކޮށް، ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންނެވެ.




ގުޅުންހުރި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ރޯވި ދޯނިން ދަތުރުކުރަމުންދިޔަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެނީ
15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި ރޯވެއްޖެ
މުސާރަދެނީ ރައްޔިތުން، ވަޒީފާ ގެއްލިދާނެތީ ބިރު ގަންނަން ނުޖެހޭނެ: ފައިސަލް
ވެރިކަމުގެ ބާރުން މަޖިލިސް ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން: