ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ރޯދަ މަހު ވެސް ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
މި އަހަރުގެ ރޯދަ މަހު ވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އެޕްރީލް މަހު، އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް ”އާންމު މަހަކަށްވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން“ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
- ”އާންމު މަހެއްގައި“ ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރޭޖް މިންވަރަށް
- މިގޮތުން ކަނޑައެޅޭ ”އާންމު މަހުގެ“ ބިލުގެ މިންވަރަށްވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބުލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ
- މިގޮތުން އުނިކޮށްދޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސަންޓަށްވުރެ ކުޑަމިންވަރެއް ކަމުގައިވަނީ ނަމަ 10 ޕަސަންޓްއާއި އެއްވަރަށް ޑިސްކައުންޓް މަތިކޮށްދޭނެ
- އެޕްރީލްގައި ފޮނުވާ ބިލު ”އާންމު މަހުގެ“ ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ
- އެޕްރީލްގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓްރީ ކޮށްފައީވީ ނަމަވެސް، މިހާތަނަށް ބިލުކުރެެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހު ފޮނުވާ ބިލް ކަމުގައިވަނީ ނަމަ، އެފަދަ ފަރާތްތަކަށް ވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދިނުން
އެމްޑަބްލިޔުއެސްސީ ބުނީ އެ އުސޫލުތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ 105 ގުޅައިގެން ނުވަތަ 1050 އެސްއެމްއެސް ކޮށްގެން ނުވަތަ mail@mwsc.com.mv މެއިލްކޮށްގެން އެ މައުލޫމާތެއް ލިބޭނެ ކަމަށެވެ.

ގުޅުންހުރި
ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 3
ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު 100 މެގަވޮޓަށްވުރެ މައްޗަށް!
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ
މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތައް، މި ގަޑިތަކުގައި ކަރަންޓު