ކުޑަކުދިން ހިމެނޭހެން 48 މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށް ދިޔަވެ، އަޑިއަށްދިޔަ ހާދިސާގެ ވީޑިއޯތަކެއް އާންމުވެއްޖެ އެވެ.
އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ”ހުވަން“ ނަމަކަށް ކިޔާ ލޯންޗު ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް އަޑިއަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ލޯންޗުގައި ތިން ކްރޫންނާއި 45 ޕަސިންޖަރުން ތިބި އިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނެ އެވެ. އެ އެންމެން ކަނޑުވެފައި ތިއްބައި ސަލާމަތް ކުރީ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސްގެންނެވެ.
ތުރުކީގެ ޓީއާރްޓީ ނޫހުން މިއަދު ވަނީ އެ ދުވަހުގެ ހާދިސާގެ ވީޑިއޯތަކެއް ފޭސްބުކްގައި އާންމުކޮށްފަ އެވެ.
https://www.facebook.com/reel/23915605351372659
ފުރަތަމަ ވީޑިއޯގައި ފެންނަނީ ލޯންޗު ދިޔަވާން ފެށުމުން އޭގައި ތިބި މީހުން ލައިފްޖެކެޓު އަޅަން ފަށާ ތަނެވެ. ލޯންޗުގައި ތިބި ބަޔަކު ކޮޅަށް ދެތުވެ އެންމެންނަށް ލައިފް ޖެކެޓު ބަހާތަން ވެސް ފެނެ އެވެ. އޭރު ލޯންޗު ތެރެއަށް ލޮނުގަނޑު ވަދެފައިވެ އެވެ.
ދެވަނަ ވީޑިއޯ އިން ފެންނަނީ ލޯންޗުން ދަތުރުކުރި އެންމެން ކަނޑުވެފަައި ތިއްބަ އެވެ. އެ އެންމެވެސް ތިބީ ލައިފް ޖެކެޓު އަޅައިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ ބޮއެތަކުގައި ހިފައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުން އައިސް އެ މީހުން ސަލާމަތްކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
އެ ލޯންޗު ދަތުރުކުރި މީހަކު ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ލޯންޗު އަޑިއަށް ދިޔައީ ރާޅެއް ޖެހުމުގެ ސަބަބުންނެވެ.

ގުޅުންހުރި
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި