މޫސުން ރަނގަޅުވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުތަނުން އިތުރުވާން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ރޯދަމަހު ފުރަތަމަ ފަހަރަށް މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޮޓް ފަހަނައަޅާފައިވާ ކަމަށެވެ.
ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް އުޅެނީ 100 މެގަވޮޓް އިން މަތީގައެވެ.
ސްޓެލްކޯ އިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.



