ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބުނު މީހުން އަލުން ބޯހިޔާވަހިކަމަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން އެހެން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އިއުލާން ކުރި 4،000 މީހުންގެ ލިސްޓުން އުނިކުރި ހުރިހާ ހައްގުވެރިންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފުލެޓް ދޭނެ ކަމަށް އެ ޕާޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވަނިކޮށެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 4،000 ފްލެޓް ނުލިބުނު މީހުންނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
”ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، މި ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމުގެ ކަށަވަރުކަން މި ފުރުސަތުގައިވެސް އަރުވަމެވެ،“ މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު ވެސް ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބުނަސް ކަންބޮޑުވުމަށާއި މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ނިމުމުން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

6 Comments
ގުޅުންހުރި
ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ
”ޔުމްނު ބުނީ އަމިއްލައަށް ނުވެއްޓޭ ކަމަށް، މީ ބަޔަކު ކުރިކަމެއް ކަމަށް،
ފުލުހުންގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން އައްޔަންކޮށްފި
ޑިސެމްބަރުގެ ނިޔަލަށް ނުދެއްކިހުރި ފެންބިލުތަކަށް ފައިސާ ދެއްކުން ޖޫރިމަނާ މާފުކޮށްދެނީ
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި