އުތުރާއި މެދުރާއްޖޭގެ ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓުން ބުނީ އެގޮތަށް ލަފާކުރެވޭތީ މާދަމާއާއި އަނެއް ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެގެން މިދިޔަ ހަފުތާގައި އޮރެންޖު އެލާޓް ވެސް ނެރުނެވެ.
އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެން ވެސް ބޮޑުވި އެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު