މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފެވެ. އޭނާއަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެވެސް މެންބަރެކެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކޮށް ހުންނެވި އިރު، އެ ކަންކަން ފާހަގަކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
އަދި އޭނާ މަގާމުން ވަކި ކުރުމަށް ރައީސަށް ހުށަހަޅަން ނިންމީ ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.
ލަތީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިއަދު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ އިމާދު، ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 2020 ވަނަ އަހަރެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
އިމާދު ވަކިކުރަން މަސައްކަތް ހުށަހެޅީ އެމްއެމްއޭ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައި ވަނިކޮށެވެ.




1 Comment
ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި