ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ގުރުއަތުލުން ބާއްވާފައިވަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ކަމަށެވެ.
އަދި ގުރުއަތުން ހޮވުނު މީހަކަށް އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް މިއަދު ގުރުއަތުން ހޮވާފައިވާ ކަމަށް ބުންޏެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއުކޮށްފައިވާ ދަފްތަރަށެވެ.
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 1،000 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ތެރެއިން މިދިޔަ އަހަރު ވެސް 50 މީހަކު ވަނީ ސަރުކާރުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް