ސްރީ ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރު އަދި ޑްރަގް ބޮޑެއް ކަމަށްވާ ސަންޖީވާ ކުމަރަ ސަމަރަރަތްނަ ނުވަތަ ލަންކާގައި މަޝްހޫރު ނަމުން ނަމަ ގަނެމުއްލާ ސަންޖީވާ ގަޔަށް ބަޑި ޖަހައި މަރާލުމުގައި އިސްކޮށް ހުރި އަންހެން މީހާ ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ނަވާރަ މީހުން މަރާލާފައިވާ ކަމަށް ތުހުމަތުވާ ސަންޖީވާގެ ގަޔަށް ބަޑި ޖަހައި މަރާލީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްފައި ހުއްޓަ އެވެ.
ސަންޖީވާގެ ގަޔަށް ބަޑި ޖެހި މީހާ ފިލައިގެން އުޅެނިކޮށް ލަންކާގެ ސްޕެޝަލް ޓާކްސް ފޯސް އިން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެއީ މުހައްމަދު އަޒްމަން ޝަރީފުއްދީން ނަމަކަށް ކިޔާ 34 އަހަރުގެ މީހެކެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖީވާ މަރާލުމުގެ މާސްޓާމައިންޑް ކަމަށް ތުހުމަތުވާ އިޝާރާ ސެވަންޑީ ވަނީ ފިލައިގެން، ރާއްޖެ އައިސްފަ އެވެ. އޭނާ އައިސްފައިވަނީ ކަނޑުމަގުން ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ބައެއް މަސްދަރުތަކާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އިޝާރާ ފިލުމުގައި އެހީތެރިވިނީ ލަންކާގެ ބާރުގަދަ ގޭންގު ލީޑަރެއް ކަމަށާއި އޭނާ ދިރިއުޅެނީ ލަންކާ އިން ބޭރުގައި ކަމަށެވެ.
އިޝާރާއާ ގުޅޭ މައުލޫމާތު ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ އިންޑިއާގެ އިންޓެލިޖެންސާ އިދާރާތަކާ ހިއްސާކޮށްފަ އެވެ.
ލަންކާގެ ފުލުހުން ކުރިން ބުނެފައިވާ ގޮތުން ބަޑި ޖެހި މީހާއަށް އަންހެނަކު އެހީތެރިވެ ދީފައިވެ އެވެ. ނެގަމްބޯއަށް ނިސްބަތްވާ ޑުރަގް ބޮޑެއް ކަމަށް ތުހުމަތުވާ އެ އަންހެން މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ލޯޔަރަކަށް ވެގެން ކަމަށާއި ސަންޖީވާގެ ގަޔަށް ބަޑި ޖެހި މީހާއަށް ބަޑި ފޯރުކޮށްދިނީ އެ އަންހެން މީހާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
ނަމަވެސް އެ އަންހެން މީހާއަކީ ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް ބުނާ އިޝާރާ ކަމެއް ނޭނގެ އެވެ.

5 Comments
ގުޅުންހުރި
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް
ފުލުހުންގެ ބަޔާން: އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ
ކްރިސްޓިއަނުންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރެންސިސް މަރުވެއްޖެ
ސަރުކާރުގެ މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ