މި ވަގުތު ކަންކަން އިތުރަށް ހަލަބޮލިނުކޮށް، އިންސާފަށް ޖާގަ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލައިގައި މެޑަމް ސާޖިދާގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ކުށްވެރި ކުރައްވާ ކަމަށާއި އެކަން އެއްވެސް ވަރަކަށް ބަލައިނުގަންނާނެ ކަމަށެވެ.
”އެފަދަ ފުރައްސާރަ ކުރުންތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން. މި ވަގުތު ކަންކަން އިތުރަށް ހަލަބޮލިނުކޮށް އިންސާފަށް ޖާގަ ދެއްވުމަށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން“ މެޑަމް ސާޖިދާ ވިދާޅުވި އެވެ.
އެކަމަނާ އެހެން ވިދާޅުވި އިރު، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމަރިއު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރާތީ ކަމަށް ބުނެ މަންދީ ދެއްކި ވާހަކައާ ގުޅިގެން އޭނާގެ މައްޗަށް މަދަނީ ދައުވާކުރަން މެޑަމް ސާޖިދާ ވަނީ ނިންމަވައިފަ އެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވުމަށްފަހު ސައިކަލުގައި ގެޔަށްދިޔަ މަގުމަތީގައެވެ. އެކަން ކުރީ ހެލްމެޓް އަޅައިގެން ތިބި ބަޔަކެވެ. މާންދީ ތުހުމަތުކުރާ ގޮތުގައި ކަޅުތެޔޮ ޖެހުމުގެ އަޑީގައި ހުންނެވީ ރައީސް މުއިއްޒާއި މެޑަމް ސާޖިދާ އެވެ.

6 Comments
ގުޅުންހުރި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝަމްހީދު ޝައުގުވެރިވެއްޖެ
މަންދީއާ ދެކޮޅަށް ފަސްޓް ލޭޑީ ދައުވާކޮށްފި