ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުގެ ވަނަވަރު ހާމަކޮށް އޭނާގެ ކަރާމަތް ނަގާލީ މަންމަ، ސާޖިދާ މުހައްމަދު އަދި އާއިލާގެ ވަކީލު އާޒިމާ ޝަކޫރު ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމަރިއު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރާތީ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބޭރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެން އޭނާގެ މައްޗަށް މަދަނީ ދައުވާކުރަން މެޑަމް ސާޖިދާ ވަނީ ނިންމަވައިފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ ކުޑަކުއްޖެއްގެ ކަރާމަތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ނަގާލާފައިވަނީ އެމްޑީޕީގެ މުޒާހަރާގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެ މުޒާހަރާގައި އެ ވާހަކަ ދެއްކި މީހާ ވަކި ކުއްޖަކަށް ނިސްބަތްކޮށް، ކުއްޖާގެ ނަން ފަދަ ޒާތީ މައުލޫމާތު ހާމަކޮށްފައިނުވާ ކަމަށް މައުރޫފް ބުންޏެވެ.
”ކުއްޖާގެ މަންމަ ސާޖިދާ އާއި ގާނޫނީ ވަކީލު އާޒިމާ އެ ކުއްޖާގެ ވަނަވަރު ހާމަކޮށްފަވަނީ. އަޅުގަނޑުމެން މި ހަވާލާދޭ ޕްރެސް ކޮންފަރެންސާ ހަމައަށް އާންމު ގޮތެއްގަ ގިނަ ބަޔަކަށް އެއީ ކޮން ކުއްޖެއްގެ ވާހަކައެއްކަން ނޭނގޭ،“ މައުރޫފް ވިދާޅުވި އެވެ.
”އެ ކުއްޖާގެ މަންމައާ އެ ކުއްޖާގެ މަންމަގެ ފަރާތުން ކަމަށް ބުނެ ވާހަކަދެއްކި ގާނޫނީ ވަކީލުގެ އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވާނީ ނިންމާފަ. އެއީ ފުލުހުންގެ ދަށުން ހިންގާ އެފްސީޕީޑީ އަދި ޖެންޑާ މިނިސްޓްރީގެ ދަށުގަ މިފަދަ މައްސަލަތައް ހުށަހަޅަން އޮންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް އަށް،“
މައުރޫފް ވިދާޅުވީ ގައުމުގެ ބޮޑެތި މައްސަލަތަކުގެ ސަމާލުކަން އަނބުރާލުމަށް މުޒާހަރާއެއްގައި މީހަކު ދެއްކި ވާހަކައަކާ ގުޅުވައި ލިބުނު ފުރުސަތެއްގައި ”ވިކްޓިމް ކާޑު ކުޅުމަށް“ ރައީސް މުހައްމަދު މުއިއްޒުގެ އާއިލާއިން ކުރެއްވި ކުރާ ކަމަށެވެ.




2 Comments
ގުޅުންހުރި
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދެއްކުމުން، ސޯލިހަށް މުޅިން ”ހަރާބުވި“: ނަޝީދު
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ