ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ވޯޓުގައި ބައިވެރިވި އެންމެނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ޝަހީދުގެ ނަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަފަ އެވެ. ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝާހިދުގެ ނަން ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމަށް އެންމެ ފުރަތަމަ އިއުލާނުކުރުމުން ކުރިމަތިލެއްވީ ކުރީގެ ޑީޕީޖީ މަރްޔަމް ނިހާޔަތު އެކަންޏެވެ. އެހެންކަމުން ޖޭއެސްސީއިން ވަނީ ދެވަނަ ފަހަރަށް އިއުލާން ކޮށްފަ އެވެ. އެ ފަހަރު ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދާއި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވި އެވެ.
ޖޭއެސްސީ އިން ވަނީ ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އަރުވާފައިވެ އެވެ.




ގުޅުންހުރި
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި