ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ތިލަފުށީގައި ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަފުއްޓަށް ވަޑައިގަތުމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެ މަނިކުފާނަށް ތައުރީފު ކުރައްވައިފި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ރައީސަކީ ތަފާތު ބޭފުޅެއް ކަމަށެވެ.
”ރައީސް މުއިއްޒަކީ ވެމްކޯގެ ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ފަހުގެ ތާރީހެއްގައި ވަޑައިގެން ހަމައެކަނި ރައީސް،“ މުޖުތަބާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
މުޖުތަބާ އެހެން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ދެ ފަހަރަކަށް ތިލަފުއްޓަށް ވަޑައިގެންފަ އެވެ. ފުރަތަމަ ވަޑައިގަތީ ތިލަފުށީގެ ކެމިކަލް ވެއާހައުސްތައް ބައްލަވާލެއްވުމަށެވެ. އެންމެ ފަހުން ވަޑައިގަތީ 2022 ވަނަ އަހަރެވެ. އެއީ ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއު ބައްލަވާ ލެއްވުމަށެވެ.
ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޮ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު)ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދުކުރާ މަޝްރޫއެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައިވަނީ މާލެ ސަރަހައްދާއި އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހެދުމާއި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީކުރުން ހިމެނެ އެވެ.
އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އަ އުޅަނދެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގެ ދަށުން ކުރިއަށްދާނެ އެވެ.
ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެ އެވެ.

7 Comments
ގުޅުންހުރި
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި ފަރުވާއަށް
4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ކުދިންނަށް ޖިންސީގޯނާކޮށް، ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މައްޗަށް ގްރީން ނޯޓިސް
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަނީ
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި