ފަލަސްތީންގެ ޣައްޒާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލަށް ޔަހޫދީ އިޒްރޭލުން ބޮން އަޅައިފި އެވެ.
އިޒްރޭލުން އިއްޔެ އެ ހަމަލާ ދިނުމަށްފަހު ބުނީ، އެ ތަނަކީ ހަމާސް ޖަމާއަތުން ބޭނުން ކުރަމުންދާ ތަނެއް ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެ މީހުންނަކަށް ނުދެއްކުނެވެ.
އެ ހަމަލާ ކުށްވެރިކޮށް ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ، ޣައްޒާގެ އާންމުންނަށް ސިއްހީ ފަރުވާދޭ ތަންތަނަށް އަމާޒުކޮށް ގަސްދުގައި ދޭ ހަމަލާތަކަކީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ބޭރުކޮށް ދިރިނޫޅެވޭ ތަނަކަށް ހެދުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
ޓާކިޝް-ޕަލަސްތިނިއަން ފްރެންޑްޝިޕް ހޮސްޕިޓަލް އެންޑް މެޑިކަލް ސްކޫލަކީ ތުރުކީގެ ސަރުކާރުން ހިންގާ އެޖެންސީއެއް ކަމަށްވާ ޓާކިޝް ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ (ޓިކާ) އިން ހެދި އެ ހޮސްޕިޓަލަކީ ޣައްޒާގައި ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހަމައެކަނި ހޮސްޕިޓަލެވެ.
70 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން 2011 ވަނަ އަހަރު ހަދަން ފެށި އެ ހޮސްޕިޓަލް ނިމުނީ 2017 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް 359،514 އަކަފޫޓުގެ ބޮޑު އެ ހޮސްޕިޓަލަކީ ޣައްޒާގައި ހުންނަ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ އެވެ. އެ ހޮސްޕިޓަލަކުން އަހަރަކު 30،000 މީހުން ފަރުވާ ހޯދަ އެވެ.
އެ ހޮސްޕިޓަލަށް އިޒްރޭލުން އިއްޔެ ބޮން އެޅި އިރު، 30 އޮކްޓޯބަރު 2023 ގައިވެސް އިޒްރޭލުން ވަނީ އެ ހޮސްޕިޓަލުގެ ތިންވަނަ ބުރިއަށް ބޮން އަޅައިފަ އެވެ. އަދި ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެ އަހަރުގެ ނޮވެމްބަރު މަހު އެ ހޮސްޕިޓަލް ބަންދުވެސް ކުރި އެވެ. އެކަމާއި ގުޅިގެން ހަތަރު ޕޭޝަންޓަކު މަރުވި އެވެ.
އޭގެ ފަހުން މެއި 2024 ގައި އެ ހޮސްޕިޓަލް ބޭނުންކުރީ އިޒްރޭލުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގަ އެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި